އިސްލާމްކަމުގައި 9 ޤަރުނު: ޖީލުތަކުގެ އިޚުލާސްތެރި މަސައްކަތުގެ ނަތީޖާ
ޒަމާނުއްސުރެ ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި، އިސްލާމްދީނަށް އޮތް ލޯތްބެއްގެ ބޮޑުކަމަކީ ދިވެހިން އިސްލާމްދީނުގެމަތީގައި ދެމިއޮތް ސަބަބެވެ. އެހެންކަމުން، ދިވެހި އަބްޠާލުން އަދުގެ ދިވެހި ޖީލާއިހަމައަށް އަމާނާތްތެރިކަމާއި އެކު ފޯރުކޮށްދިން، އިސްލާމީ ރިވެތި ރިސާލަތު މުސްތަޤްބަލުގެ ޖީލުތަކަށް ވާސިލްކޮށްދިނުމުގެ މަސްޢޫލިއްޔަތު މިއަދު ހަވާލުވެފައިވަނީ އަޅުގަނޑުމެންނާއެވެ. މިއީ ޤައުމީ އަދި ފަރުދީ ފެންވަރުގައި ދިވެހި ކޮންމެ މީހަކާ ހަވާލުވެފައިވާ އަމާނާތެކެވެ.