ޚަބަރު

ފޮތެއް ގަނެގެން ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު

ފާތިމާ އިބްރާހީމް ، ދެން އޮންލައިން

ނޫސްވެރިޔާ ޢާލިމް އަބްދުއްލަތީފްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ." ފޮތް ގަނެގެން ޢުމްރާ ދަތުރެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި ފޮތުގެ ޕްރީއޯޑަރަށް ބުރާސްފަތި ދުވަހުގެ ރޭ ހުޅުވައިލައިފައިވާ އިރު، ޕްރީއޯޑަރުކުރުމަށް ޓަކައި މި ލިންކުން ނުވަތަ 7858092 / 7535164 އަށް ގުޅައިލައިގެން ނުވަތަ ވައިބާ ކޮށްލައިގެން ވެސް އޯޑަރުކޮށްލެވިދާނެއެވެ.

މި ފޮތް ގަންނަ ފުރަތަމަ 3000 މީހުންގެ ތެރެއިން ގުރުއަތުން ހޮވޭ ކޮންމެވެސް އެއްފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ވާނީ ނިންމާފައެވެ. އަދި ތަފާތު އެކި އިނާމުތައް ފުރަތަމަ 3000 މީހުންގެ ތެރެއިން ނަސީބުވެރިންނަށް ދޭގޮތަށް ވެސް ވަނީ ނިންމައިފައެވެ.

މި ފޮތުގެ ޕޭޕާ ބެކް ކޮޕީއެއްގެ އަގަކީ 499 ރުފިޔާއެވެ. ހާޑްކަވަރުގެ އަގަކީ 649 ރުފިޔާއެވެ.  އަދި މުސައްނިފުގެ ސޮއި އެޑްއޮންއެއްގެ ގޮތުގައި 50 ރުފިޔާއަށް ލިބޭ ގޮތަށް ވަނީ ހިމަނައިފައެވެ. މި ފޮތަކީ 450އަށްވުރެ ގިނަ ސޮފުހާ އެކުލެވޭ ފޮތެކެވެ.

"އޭ ހިތާއެވެ. ކެތްތެރިވާށެވެ." މިއީ ކޮންމެ މީހެއްގެ ހަޔާތުގައި ވެސް ކުރިމަތިވާނެ އެކި ހާލަތްތަކުގެ މައްޗަށް އަލިއަޅުވައިލައިފައިވާ، ދިރިއުޅުމުގައި ވާނުވާ ނޭނގޭ ހާލަތްތަކާއި, މަގުގެއްލިފައިވާ ހާލަތްތަކާއި, ހިތްކުދިކުދިވާ ހާލަތްތަކާއި މީގެ އިތުރުން ވެސް ހަޔާތުގައި ކުރިމަތިވާ ދަތި އުނދަގޫ ހާލަތްތަކުގެ ވާހަކަ ވަނީ ގެނެސްދީފަވެއެވެ.

މީގެއިތުރުން ދީނީ ނަޒަރަކުން ދަތި އުނދަގޫ ހާލަތްތަކުގެ ދުވަސްވަރުތަކުގައި ކަންތައް ކުރާނެ ގޮތްތަކުގެ ވާހަކައާއި ބައެއް ނަބީބޭކަލުންގެ ވާހަކަތަކުގެ އިބުރަތްތައް ވެސް ގެނެސްދީފައިވެއެވެ.