ޒުވާނުންގެ މުޒާހަރާއާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ލީޑުކުރާ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި

މުޒާހަރާގެ ތެރެއިން މަހްޒޫމް ހައްޔަރުކުރަނީ : ފުލުހުން ވަނީ ޒުވާނުންގެ މުޒާހަރާއާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ލީޑުކުރާ ދެ މީހަކު ހައްޔަރުކޮށްފަ --- ފޮޓޯ: ރާއްޖެ ޓީވީ ލައިވް

މުޒާހަރާގެ ތެރެއިން މަހްޒޫމް ހައްޔަރުކުރަނީ : ފުލުހުން ވަނީ ޒުވާނުންގެ މުޒާހަރާއާ ދެކޮޅަށް ބާރުގެ ބޭނުންކޮށް ލީޑުކުރާ ދެ މީހަކު ހައްޔަރުކޮށްފަ --- ފޮޓޯ: ރާއްޖެ ޓީވީ ލައިވް

އުސް އިމާރާތަކުން ވެއްޓުނު ހައްވާ ޔުމްނު ރަޝީދު، 21، އަށް އިންސާފު ހޯދައިދިނުމަށް ޒުވާނުން ކުރަމުންދާ މުޒާހަރާތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށް، މުޒާހަރާގެ އިސްކޮށް އުޅުނު ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އައިޝަތު ޝިމަން އަހުމަދު އަދި އަބްދުﷲ މަހްޒޫމް މާޖިދު އެވެ. މުޒާހަރާގެ ތެރެއަށް ފުލުހުން ވަދެ ގަތީ އެއްވެސް އިންޒާރެ ދިނުމަކާ ނުލައި އެވެ.

މި ދެ މީހުން ހައްޔަރުކުރުމުގެ އިތުރުން ފުލުހުން ވަނީ މުޒާހަރާގެ ތެރެއަށް ޕެޕާ ސްޕްރޭ ޖަހައި، މުޒާހަރާގެ ބައިވެރިން ބޭނުންކުރަމުންދިޔަ ސްޕީކަރުތައްވެސް އަތުލާފަ އެވެ.

ޔުމްނުއަށް އިންސާފު ހޯދައިދޭން ގޮވާލައި މުޒާހަރާ ކުރާ ޒުވާނުން ބުނެފައި ވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގު އިންސާފުވެރިކަމާއެކު ކުރިއަށް ގެންގޮސް ކޮޅެއްގައި ޖެހެންދެން އެ ހުއްޓާނުލައި މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ސަރުކާރަށް 10 ޑިމާންޑެއް ކޮށްފަ އެވެ. އޭގެތެރޭގައި ހޯމް މިނިސްޓަރު، އަލީ އިހުސާން އާއި ޓްރާންސްޕޯޓު މިނިސްޓަރު، މުހައްމަދު އަމީން އިސްތިއުފާ ދިނުމަށް ގޮވައިލުން ހިމެނެ އެވެ.

ޒުވާނުން ކުރި ޑިމާންޑުތަކުގެ ތެރެއިން މިހައިތަނަށް ފުއްދާފައި ވަނީ ޕޮލިސް ކޮމިޝަނަރު، އަލީ ޝުޖާއު އިސްތިއުފާ ދިނުމާއި ޔުމްނުގެ މައްސަލަ ތަހުގީގު ކުރަން ރިޔާސީ ކޮމިޝަނެއް އުފެއްދުމެވެ.

އެ ޑިމާންޑުތަކަކީ؛

  • ދެފުށް ފެންނަ ތަހުގީގެއް ކުރިއަށް ގެންދިއުން
  • މިކަމުގެ ތުހުމަތު ކުރެވޭ އެންމެ ހައްޔަރުކޮށް އެ މީހުންގެ މައްޗަށް ދައުވާ ކުރުން
  • ހާދިސާގެ ވީޑިއޯ ފުޓޭޖުތައް ދިމާނުވާ ސަބަބު ފުލުހުން ސާފުކޮށްދިނުން
  • ތަހުގީގަށް ލިބިފައިވާ ހެކިތައް ހާމަކުރުން
  • ތަހުގީގާ ގުޅޭގޮތުން ދޮގު މައުލޫމާތު ދެވުމާ ގުޅޭގޮތުން ފުލުހުން މައާފަށް އެދުން
  • ފުލުހުންގެ ތަހުގީގާ މެދު އިންކުއަރީއެއް ހެދުން
  • ކޮމިޝަނާ އޮފް ޕޮލިސް ޝުޖާއު އިސްތިއުފާ ދިނުން (ފުދިފައި)
  • ޓްރާންސްޕޯޓު މިނިސްޓަރު އަމީން އިސްތިއުފާ ދިނުން
  • ހޯމް މިނިސްޓަރު އަލީ އިހުސާން އިސްތިއުފާ ދިނުން

ޔުމްނު ވެއްޓުނުއިރު އޭނާއާ އެކު އުޅުނު ރައުދު އަހުމަދު ޒިލާލް ފުލުހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ ޒުވާނުން މުޒާހަރާ ކުރަން ފެށި ފަހުން، ހާދިސާ ހިނގިތާ ހަ ދުވަސް ވެސް ފާއިތުވި ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަރީއަތުގެ މަގްސަދު ހާސިލް ކުރަން ނަފުސުތަކުން ޖިހާދު ކުރަންޖެހޭ

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މުއިއްޒު ވިދާޅުވީ، ގައުމުގެ ސަލާމަތާއި އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަމިއްލަ ނަފްސުން ޖިހާދުކުރަން ޖެހޭ ކަމަށް. ބަވަނަވަމުންދާ ދުނިޔޭގައި އީމާންތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުވާން އެމަނިކުފާނު ގޮވާލެއްވި.

މިސްކިތުގައި ނިދައި ބޮޑުކަމުދިޔަ މީހަކު ހައްޔަރުކޮށްފި

މަސްޖިދުލް ފުރްޤާންއަށް ވަދެ، އެ މިސްކިތުގައި ނިދައި ވުޟޫކުރާ ބަޔަށް ބޮޑުކަމުދިޔަ 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތަކެއް ހިންގި މި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ

ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރަން ކުންފުންޏެއް

ރާއްޖޭގައި ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމަށާއި، ޝަރީއަތް ހުއްދަކުރާ ވިޔަފާރިތައް ހިންގުމަށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް ވަނީ އުފައްދާފައި. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި ކުންފުނީގެ ރައުސްމާލަކީ 100 މިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައި.

ޓީޓީ ހަދަން ދަތިވެއްޖެ ކަމަށް ބީއެމްއެލްއިން އެއްބަސްވެއްޖެ

"އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި މިންވަރު މިހާރުވަނީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވެފަ،" ބީއެމްއެލް އިން ބުންޏެވެ.

ބޮޑެތި ހިފެހެއްޓުންތަކާއެކު އީ-ކޮމާސްއަށް 16 މިލިއަންގެ ލިމިޓެއް

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ ޖުމްލަ އަދަދު މަހަކު 16 މިލިއަން ޑޮލަރަށް ލިމިޓްކޮށް، ވަކިވަކި ދާއިރާތަކުން ދުވާލަކު ކުރެވޭނެ މުއާމަލާތްތަކަށް ހިފެހެއްޓުންތަކެއް ވަނީ ކުރިމަތިކޮށްފައި. މި ބަދަލާއެކު ދަތުރުފަތުރާއި ހުރުމުގެ ހަރަދުތަކަށް ތިން މަހުން އެއްފަހަރު ތިން މުއާމަލާތް ކުރެވޭގޮތަށް ހަމަޖެއްސި.

ކީސްޓޭޖް 1 ގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

އަންނަ އަހަރުން ފެށިގެން ކީސްޓޭޖް 1 (ގްރޭޑް 1، 2 އަދި 3) ގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައި. މިނިސްޓަރު ވިދާޅުވީ ފޮތްތަކަށް ބަދަލު އައި ނަމަވެސް، ތައުލީމީ ދާއިރާއަށް ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުންގެ މަސައްކަތުންނާއި ދަރިވަރުންގެ ތައުލީމު ބައްޓަންކުރާ ގޮތުން ކަމަށް.

ކަނޑުމަތީގެ ސަލާމަތަށް ވަމުންދާ އިހުމާލުތައް ކުށްވެރިކޮށްފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއާ ގުޅިގެން، ކަނޑުމަތީގެ ސަލާމަތަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކުރި. އެ ޕާޓީން ގޮވާލާފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތަކާމެދު އަމަލުކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް.

Newsletter

Get the latest news delivered straight to your inbox