ޓޫރިޒަމް އާއި އެންވަރަމަންޓް މިނިސްޓްރީ އެއްކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

ރައީސް މުއިއްޒު  ޓޫރިޒަމް އެންޑް އެންވަރަމެންޓްގެ މިނިސްޓަރުކަމަށް އިއްޔެ އައްޔަނު ކުރެއްވި ތާރިގު އާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ރައީސް މުއިއްޒު ޓޫރިޒަމް އެންޑް އެންވަރަމެންޓްގެ މިނިސްޓަރުކަމަށް އިއްޔެ އައްޔަނު ކުރެއްވި ތާރިގު އާ ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

އިއްޔެއާ ހަމައަށް ހުސްކޮށް އޮތް ޓޫރިޒަމް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަނު ކުރުމުގެ ބަދަލުގައި އެ މިނިސްޓްރީ, އެންވަރަމެންޓް މިނިސްޓްރީއާ އެއްކޮށްލަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ގިނަ ބަޔަކު ފާޑުކިޔައިފި އެވެ.

ޓޫރިޒަމް މިނިސްޓަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް މިދިޔަ އަންގާރަ ދުވަހު އެ މަގާމުން ވަކި ކުރުމުންނެވެ. ދެ މިނިސްޓްރީ އެއްކޮށްލައި ޓޫރިޒަމް އެންޑް އެންވަރަމެންޓްގެ މިނިސްޓަރުކަމަށް އިއްޔެ އައްޔަނު ކުރެއްވީ އެންވަރަމެންޓް މިނިސްޓްރީގެ މަގާމުގައި ހުންނެވި ތާރިގު އިބްރާހިމް އެވެ.

މި ހަބަރު ނޫސްތަކުން ގެނެސްދިނުމާއެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ އެ ނިންމުމަށް ފާޑުކިޔައި މަލާމާތް ވެސް ކޮށްފަ އެވެ. ހާއްސަކޮށް ރާއްޖޭގެ އެންމެ ބޮޑު ސިނާއަތް ކަމަށްވާ ޓޫރިޒަމަށް ވަކި ވުޒާރާއެއް ނެތުމުން، އެ ސިނާއަތަށް ސަރުކާރުން ދޭ އަހަމިއްޔަތުކަން ހާމަވާކަމަށް ގިނަ ބަޔަކު ބުނެފައިވެ އެވެ.

Advertisement

"ދަނޑުވެރިކަމަށް ވަކި ވުޒާރާއެއް. ކުޅިވަރާއި ޒުވާނުންނަށް ވަކި ދެ ވުޒާރާއެއް. ނަމަވެސް އެންމެ ބޮޑު ސިނާއަތާއި ގުޅޭ ވުޒާރާ އެއްކޮށްލީ،" އާންމުންގެ މީހަކު އެކްސްގައި ލިޔުނެވެ.

ރާއްޖޭގެ ޓޫރިޒަމަކީ ވަކި ވުޒާރާއެއް އޮންނަން ޖެހޭ ވަރަށްވުރެ ކުޑަ ސިނާއަތެއްތޯ ސުވާލުކޮށް ގިނަ ބަޔަކު ރައީސް މުއިއްޒު ޓެގު ވެސް ކޮށްފައިވެ އެވެ. މަލާމާތްކޮށް، ހުރިހާ ވުޒާރާއެއް ރައީސް އޮފީހުގެ ދަށަށް ބަދަލުކުރުމަކީ ރަނގަޅު ގޮތެއް ކަމަށް ވެސް ބައެއް މީހުން ބުނެފައިވެ އެވެ.

"ޓޫރިޒަމް އިންޑަސްޓްރީ އަށް ހާއްސަ ވަޒީރެއް މުހިންމު. މި ނިންމުމާއެކު ސިނާއަތް ބަލިކަށިވެ ރާއްޖެއަށް ލިބެމުންދާ އާމްދަނީ ދަށްވުމަކީވެސް އެކަށީގެންވާ ކަމެއް،" ޓޫރިޒަމް ސިނާއަތުގައި މަސައްކަތްކުރާ މީހަކު އޭނާގެ އެކްސް އެކައުންޓުން ލިޔެފައިވެ އެވެ.

އާންމުންގެ މީހަކު ފޭސްބުކުގައި ލިޔެފައިވަނީ އިތުރު ވާހަކަ އެކެވެ. ނިންމުމަށް ފާޑުކިޔާ އޭނާ ފާހަގަކުރީ މިކަމުން ހާމަވަނީ ރައީސް މުއިއްޒުއަށް އިތުބާރު ކުރެވޭ ވަރުގެ ބޭފުޅުން އެތެރެ ކޮއިލުގައި މަދު މިންވަރު ކަމަށެވެ. އަދި، ދުވަސްކޮޅަކުން ވަޒީރުންނަށް ވެސް އިތުބާރު ގެއްލޭނެ ކަމަށް އޭނާ ލިޔެފައިވެ އެވެ.

"[ވެހިކަލް ދުއްވަން ދަސްކުރާއިރު ޖަހާ] އެލް ބޯޑު ޖަހައިގެން ވެރިކަން ކުރާތާ ދޮޅު އަހަރު މިވީ،" އިއްޔެގެ ނިންމުމަށް ފާޑުކިޔައި މަޖިލީހުގެ އުނގުފޫރު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ) އެކްސްގައި ލިޔުއްވާފައިވެ އެވެ.

ވައްޑޭގެ އިތުރުން ވެސް ގިނަ ސިޔާސީން ވަނީ އިއްޔެގެ ނިންމުމަށް ފާޑުކިޔައިފަ އެވެ. ރައީސް މުއިއްޒުގެ ސަރުކާރުގައި އެއްވެސް ޕްލޭނެއް ނެތް ކަމަށާއި އަދިވެސް ސަރުކާރު އެކުލަވާލާ ނުނިމޭ ކަމަށް ވެސް ބައެއް ބޭފުޅުން ލިޔުއްވާފައި ހުއްޓެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝަރީއަތުގެ މަގްސަދު ހާސިލް ކުރަން ނަފުސުތަކުން ޖިހާދު ކުރަންޖެހޭ

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި މުއިއްޒު ވިދާޅުވީ، ގައުމުގެ ސަލާމަތާއި އިސްލާމީ ޝަރީއަތުގެ މަގްސަދުތައް ހާސިލްކުރުމަށްޓަކައި ކޮންމެ މީހަކުވެސް އަމިއްލަ ނަފްސުން ޖިހާދުކުރަން ޖެހޭ ކަމަށް. ބަވަނަވަމުންދާ ދުނިޔޭގައި އީމާންތެރިކަމަށް ކުރިމަތިވާ ގޮންޖެހުންތަކަށް ސަމާލުވާން އެމަނިކުފާނު ގޮވާލެއްވި.

މިސްކިތުގައި ނިދައި ބޮޑުކަމުދިޔަ މީހަކު ހައްޔަރުކޮށްފި

މަސްޖިދުލް ފުރްޤާންއަށް ވަދެ، އެ މިސްކިތުގައި ނިދައި ވުޟޫކުރާ ބަޔަށް ބޮޑުކަމުދިޔަ 32 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފި. މިސްކިތުގެ ހުރުމަތް ކެނޑޭފަދަ އަމަލުތަކެއް ހިންގި މި މީހާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ

ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރަން ކުންފުންޏެއް

ރާއްޖޭގައި ވަގުފްތަކާއި މިސްކިތްތައް ބިނާކޮށް މަރާމާތުކުރުމަށާއި، ޝަރީއަތް ހުއްދަކުރާ ވިޔަފާރިތައް ހިންގުމަށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓް ލިމިޓެޑް" ގެ ނަމުގައި ސަރުކާރުން ކުންފުންޏެއް ވަނީ އުފައްދާފައި. ސަރުކާރުގެ ސައްތައިން ސައްތަ ހިއްސާ އޮންނަ މި ކުންފުނީގެ ރައުސްމާލަކީ 100 މިލިއަން ރުފިޔާ ކަމަށް ވަނީ ކަނޑައަޅާފައި.

ޓީޓީ ހަދަން ދަތިވެއްޖެ ކަމަށް ބީއެމްއެލްއިން އެއްބަސްވެއްޖެ

"އީ-ކޮމާސް ވިޔަފާރިތަކަށް ބޭނުންވާ ބޭރު ފައިސާގެ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެއެވެ. މި މިންވަރު މިހާރުވަނީ ބޭންކަށް އެކި ވަސީލަތްތަކުން ލިބެން ހުރި ޑޮލަރުގެ މިންވަރަށްވުރެ އިތުރުވެފަ،" ބީއެމްއެލް އިން ބުންޏެވެ.

ބޮޑެތި ހިފެހެއްޓުންތަކާއެކު އީ-ކޮމާސްއަށް 16 މިލިއަންގެ ލިމިޓެއް

ބީއެމްއެލްގެ ރުފިޔާ ކާޑުތަކުން ރާއްޖެއިން ބޭރުގެ އީ-ކޮމާސް މުއާމަލާތްތައް ކުރެވޭ ޖުމްލަ އަދަދު މަހަކު 16 މިލިއަން ޑޮލަރަށް ލިމިޓްކޮށް، ވަކިވަކި ދާއިރާތަކުން ދުވާލަކު ކުރެވޭނެ މުއާމަލާތްތަކަށް ހިފެހެއްޓުންތަކެއް ވަނީ ކުރިމަތިކޮށްފައި. މި ބަދަލާއެކު ދަތުރުފަތުރާއި ހުރުމުގެ ހަރަދުތަކަށް ތިން މަހުން އެއްފަހަރު ތިން މުއާމަލާތް ކުރެވޭގޮތަށް ހަމަޖެއްސި.

ކީސްޓޭޖް 1 ގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

އަންނަ އަހަރުން ފެށިގެން ކީސްޓޭޖް 1 (ގްރޭޑް 1، 2 އަދި 3) ގެ ފޮތްތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައި. މިނިސްޓަރު ވިދާޅުވީ ފޮތްތަކަށް ބަދަލު އައި ނަމަވެސް، ތައުލީމީ ދާއިރާއަށް ހަގީގީ ބަދަލެއް އަންނާނީ ޓީޗަރުންގެ މަސައްކަތުންނާއި ދަރިވަރުންގެ ތައުލީމު ބައްޓަންކުރާ ގޮތުން ކަމަށް.

ކަނޑުމަތީގެ ސަލާމަތަށް ވަމުންދާ އިހުމާލުތައް ކުށްވެރިކޮށްފި

ކަސްޓަމްސްގެ ބެލުމުގެ ދަށުގައި އޮތް ދެ ބޯޓެއް ސިނަމާލެ ބްރިޖަށް އުރުނު ހާދިސާއާ ގުޅިގެން، ކަނޑުމަތީގެ ސަލާމަތަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ އެމްޑީޕީން އެކަން ކުށްވެރިކުރި. އެ ޕާޓީން ގޮވާލާފައިވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ އުޅަނދުތަކާމެދު އަމަލުކުރާނެ ހަރުދަނާ އުސޫލެއް އެކުލަވާލައި، މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް.

Newsletter

Get the latest news delivered straight to your inbox